ލީޑިންގ ޓީޗަރުންނާއި އެކު ސިވިލް ސަރވިސް ކޮމިޝަން މަޝްވަރާކުރައްވައިފި

29 އޯގަސްޓް 2019



މާލޭގެ އެކި އެކި ސްކޫލްތަކުގެ ލީޑިންގ ޓީޗަރުންގެ ޓީމެއް މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއި އެކު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު މި ބައްދަލުވުމުގައި ލީޑިންގ ޓީޗަރުންގެ އުސޫލާއި ގުޅޭ ގޮތުން ހުރި ކަންބޮޑުވަންތައް ފާޅުކުރައްވަވައި އަދި ލީޑިންގ ޓީޗަރުންނަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުންވަނީ ކޮމިޝަނުގެ މެންބަރުންނާއި އެކު ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ވަނީ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަންދެއްވާފައެވެ. މި ބައްދަލުވުމުގައި މިއަދު މާލޭގެ ހަތަރު ސްކޫލެއްގެ ލީޑިންގ ޓީޗަރުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. އެއީ އަމީނިއްޔާ ސްކޫލާއި، އަރަބިއްޔާ ސްކޫލް، މަޖީދިއްޔާ އަދި އިސްކަންދަރު ސްކޫލްގެ 5 ލީޑިންގ ޓީޗަރުންނެވެ.
މިއަދުގެ މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި، ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުހައްމަދާއި މެންބަރު އަލްއުސްތާޛު ޒަކަރިއްޔާ ޙުސައިން ގެ އިތުރުން މެންބަރު ފާތިމަތު އާމިރާ އެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް