14 ޖުލައި 2019
ދިވެހިރާއްޖެއިން ޗައިނާ އަށް އަލަށް ކަނޑައެޅުއްވި ސަފީރު އޮނަރަބަލް އާއިޝަތު އަޒީމާ އާއި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުމަކީ ރާއްޖެއިން އަލަށް ޗައިނާ އަށް ކަނޑައެޅުއްވި ސަފީރަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކޮމިޝަނުގައި ބޭއްވުނު ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުމުގެ މަޤުސަދަކީ ޗައިނާ އަށް އަލަށް ކަނޑައެޅުއްވި ސަފީރު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާ ތައާރަފްވެ ގުޅުން ބަދަހިކުރުމެވެ. މިއަދުގެ މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް ހުންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.
ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ޗައިނާ އަކީ ދިވެހިރާއްޖެއަށް އެކިއެކި ދާއިރާތަކުން އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެމުން އަންނަ ޤައުމެއްކަން ފާހަނގަކުރައްވަވާ ޗައިނާ އާއި ރާއްޖެ އާއި އޮތް ގުޅުން އިތުރަށް ބަދަހިކޮށްދެއްވުމަށް އެދި ދެންނެވިއެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ތަމްރީނުގެ ފުރުޞަތުތައް ހޯދުމާއި ސިވިލް ސަރވިސް ޒަމާނީކޮށް ހިންގުންހަރުދަނާކުރުމަށް ހޯދިދާނެ އެހީތެރިކަމާ އެއްބާރުލުމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މިއަދުގެ މި ބައްދަލުވުމުގައި ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް ޝަހީދު މުހައްމަދު ގެ އިތުރުން މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ އެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026