07 ޖުލައި 2019
ދިވެހި ސިވިލް ސަރވިސްގެ ބައެއްކަންކަން ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގައި ކުރިއަށް ގެންދިއުމުގައި ދިމާވާ ބައެއް ދަތިތަކާއި ބައެއް މުވައްޒަފުން ނުލިބިވާތީ ދިމާވާގޮންޖެހުންތައް ހައްލުކުރެވިދާނެގޮތްތަކާމެދު މިއަދު ކައުންސިލްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޒިޔާރަތް ކުރައްވަވައި ކޮމިޝަނުގެ މެންބަރުންނާއެކު މަޝްވަރާކުރައްވައިފިއެވެ.
މީދޫ ކައުންސިލްގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ، ކައުންސިލްގެ ރައީސް އަލްފާޟިލް އިޔާސް އިސްމާޢިލް އާއި ކައުންސިލްގެ ނައިބްރައީސް އަލްފާޟިލް ޝުރައިފް އިބްރާހިމްގެ އިތުރުން ކައުންސިލްގެ މެންބަރު އަލްފާޟިލް އިބްރާހިމް ފާރިހެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ދ.މީދޫ ކައުންސިލްގެ އިދާރީ އޮނިގަނޑުތަކުގައިވާ މަޤާމުތަކަށް މުވައްޒަފުން ހަމަނުޖެހިވާތީ ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ. އަދި ކޮމިޝަނުގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ކައުންސިލަށް ހުރިހާކަމެއްގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ކޮމިޝަނުން ދ. މީދޫ ކައުންސިލްގެ ބޭފުޅުންނަށް އެރުވިއެވެ. އަދި ކައުންސިލްގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކަންކަން ކުރިއަރުވައި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ކޮމިޝަންގެ ފަރާތުން ކައުންސިލާއި ހިއްސާކުރެއްވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026