27 ޖޫން 2019
ޕާކިސްތާނުގެ ސަރުކާރުގެ ދައުވަތަކަށް މިހާރު ލާހޯރު ސިޓީ އަށް ޒިޔާރަތްކުރައްވަމުންގެންދަވާ ސިވިލް ސަރވިސް ގެ ވަފުދުގެ ބޭފުޅުން އިއްޔެ ޕާކިސްތާނުގެ ވާރޗުއަލް ޔުނިވަރސިޓީ އަށް ޒިޔާރަތް ކުރައްވަވައި ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރައްވަވައިފިއެވެ. މީގެ ނަތީޖާ އެއްގެގޮތުން ދެފަރާތު ދެމެދު ގުޅުންބަދަހިކޮށް ސިވިލް ސަރވަންޓުންނަށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއިއެކު ދުރުގައި ތިބެގެންވެސް ތަމްރީނުނުވެވޭނެ ގޮތް މެދުވެރި ކޮށްދޭން ނުވަތަ ވަރޗުއަލް ލާނިން ގެ ވަސީލަތް ގާއިމް ކުރުމަށް އެހީވެދިނުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކުރުމަށް ވަނީ އެއްބަސްވެވިފައެވެ. މިގޮތުން ކޮމިޝަނުގެ ވަފުދު ލާހޯރުން ފުރުމުގެ ކުރިން ހުކުރުދުވަހު މި ފަހުމުނާމާގައި ސޮއިކުރުމުގެ ކަންތައްކުރިއަށް ގެންދިއުމަށް ޔުނިވަރސިޓީއިން ވަނީ އެއްބަސްވެފައެވެ. މި ފަހުމުނާމާގެ ދެލިކޮޕީ އިސްވެ ހުށަހެޅީ ކޮމިޝަނުގެ ފަރާތުންނެވެ.
ޕާކިސްތާނުގެ ވާރޗުއަލް ޔުނިވަރސިޓީ އަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ބޭނުންކޮށް ދުރުންދޭ ތަޢުލީމު ގެ ޚިދްމަތް އެންމެފުޅާދާއިރާ އެއްގައި ޕާކިސްތާނުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ޔުނިވަރސިޓީއެވެ. މި ޔުނިވަރސިޓީގެ ކުރީގެ ރެކްޓަރ ވަނީ ރާއްޖެވަޑައިގެން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އަށް ޒިޔާރަތްކުރައްވަވައި، އެތާނގައި މިހާރު ގާއިމު ކުރެވިފައިވާ ވާރޗުއަލް ލާނިންގ ކުލާސްރޫމް ބައްލަވާލައްވަވައި، މި ޚިދުމަތް އިތުރަށްފުޅާކުރެވިދާނެ ގޮތްތަކުގެ ލަފާ ކޮމިޝަނާ ހިއްސާކުރައްވަވާފައެވެ. ސީ.އެސް.ޓީ.އައި ގައި ވަރޗުއަލްކޮށް ތަމްރީނުދިނުން ހަރުދަނާކޮށް ތަފާތު ކޯސްތައް އުފައްދައި ދުރުންދޭ ތަޢުލީމްގެ އުޞޫލުން ހިންގުމަށް އެހީތެރިވެދެއްވާނެކަމުގައި އެ ޔުނިވަރސިޓީ ގެ ރެކްޓަރ ވަނީ ކޮމިޝަނުގެ ވަފުދާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026