23 ޖަނަވަރީ 2020
މިހާރު ސްރީލަންކާ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް މިއަދު ޒިޔާރަތްކުރައްވަވައި އެތާނގައި މަސައްކަތްކުރާ ދިވެހި ސިވިލް ސަރވަންޓުންނާއި ބައްދަލުކުރައްވަވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެފަރާތްތަކުގެ ޚިޔާލު ހޯއްދަވައި މަސައްކަތުގެ ކަންހުރި ނެތުގޮތުގެ މައުލޫމާތު ސާފު ކުރެއްވެވިއެވެ. އަދި ސިވިލް ސަރވަންޓުންގެ ކުރިއެރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެފަރާތްތަކާއި ކޮމިޝަނުގެ ރައީސް ހިއްސާކުރައްވަވައި އަދި އެފަރާތްތަކުގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް އަބަދުވެސް މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ޚިދުމަތްދިނުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަހުލުވެރި އެ ފެންވަރުތަކުގައި ޚިދުމަތްދިނުމަށް ސަމާލުވެވަޑައިގަތުމަށް އިލްތިމާސް ކުރެއްވެވިއެވެ.
ދިވެހި އެމްބަސީގައި ސިޔާސީވެރިންނާއި ސިވިލް ސަރވިސްގެ މުވައްޒަފުން ގުޅިގެން ވަރަށް ރަނގަޅަށް މަސައްކަތް ކުރެވެމުންދާކަން މުވައްޒަފުންގެ ވާހަކަތަކުން އޮޅުންފިލުމުން މިކަމަށް ކޮމިޝަނުގެ ރައީސް މަރުޙާބާ ވިދާޅުވެ، ނަމޫނާ އެމްބަސީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަން ފާހަގަކުރެއްވެވިއެވެ. އެމްބަސީގައި މަސައްކަތްކުރައްވަވާ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ޓީމްވާރކް އެއް އޮންނަކަމާއި މަދު މުވައްޒަފުންކޮޅެއް ރަނގަޅު ގިނަ ޚިދުމަތްތަކެއް ދެއްވުމުގައި އަވަދިނެތި ބުރަކޮށް މަސައްކަތް ކުރައްވަވާކަންވެސް ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވެވިއެވެ. އަދި މިއަހަރަކީ ދިވެހި ސިވިލް ސަރވަންޓުންނަށް މުސްތަޤްބަލު އަލި އަހަރެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، ދިވެހި ސިވިލް ސަރވިސް ހިންގުމުގައި ހެޔޮ އިސްލާހުތަކެއްގެނެވޭނެ އަހަރަކަށްވެގެންދާނެ ކަމުގައިވެސް ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވެވިއެވެ. އަދި ދިވެހި ސަފީރު އުމުރު އަބްދުއްރައްޒާޤް އާއި އިސްވެރިން ސިވިލް ސަރވަންޓުންނަށް ވަރަށް ހެޔޮކޮށް ހިއްތަވައި ކަންފަހިކޮށްދެއްވަވާތީ ރައީސް ޝުކުރު އަދާކުރެއްވެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026