16 ޖަނަވަރީ 2020
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް، ތައިލޭންޑް އިން ތަމްރީނާއި ތަޖްރިބާ ހޯދުމުގެ ފުރުސަތު ފަހިކުރުމާގުޅޭ ގޮތުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް، ޑރ. އަލީ ޝަމީމް، ތައިލޭންޑްގައި ހުންނަ އޮފީސް އޮފް ދަ ސިވިލް ސަރވިސް ކޮމިޝަންގެ އިސް ފަރާތްތަކާ މަޝްވަރާކުރައްވަވައިފިއެވެ.
ބެންކޮކްގައި ހުންނަ އެކޮމިޝަނުގެ އޮފީހުގައި މިއަދު ބޭއްވުނު މިމަޝްވަރާ ބައްދަލުވުމުގައި ތައިލޭންޑްގެ ކޮމިޝަނުގެ ފަރާތުން ބައިވެެރިވެވަޑައިގެންނެވީ އެކޮމިޝަންގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް ޑރ. ޕިއަވަޓް ސިވަރަންސް އާއި އެކޮމިޝަންގެ ޑިރެކްޓަރ އިންޓަރނޭޝަނަލް އެފެއާރޒް ޑރ. ޕިޕަވިން ލީސަމް ޕަންދް އެވެ.
މިއަދުގެ ބައްދަލުވުމުގައި، ސިވިލް ސަރވިސްގެ ކަންތައްތައް ޒަމާނީކޮށް ތަރައްގީ ކުރުމުގައި ދިވެހި ސިވިލް ސަރވިސް ކޮމިޝަނާއި ތައިލޭންޑްގެ އޮފީސް އޮފް ދަ ސިވިލް ސަރވިސް ކޮމިޝަނާ ގުޅިގެން އެއްބާރުލުން ދިނުމަށާއި ސިވިލް ސަރވަންޓުންނަށް ތަމްރީނާއި ތަޖްރިބާ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގްސަދުގައި ދެކޮމިޝަންގެ ދެމެދުގައި އެކުލަވާލެވިފައިވާ އެމް.އޯ.ޔޫ. ގެ މުއްދަތު ހަމަވެފައިވުމުގެ ސަބަބުން އަލުން މި އެމް.އޯ.ޔޫ. އިތުރު 5 އަހަރަށް އައުކުރުމާގުޅޭގޮތުން މަޝްވަރާކޮށް، މަސްދުވަހުގެ ތެރޭގައި ފަހުމުނާމާގައި ސޮއިކުރުމުގެ ކަންތައް ހަމަޖެއްސޭތޯ މަސައްކަތްކުރުމަށް ދެފަރާތުން އެއްބަސްވިއެވެ. މީގެ އިތުރުން، ތައިލޭންޑްއިން އެޤައުމުގެ ސިވިލް ސަރވިސް ގެ ޚިދުމަތްތައް ތަރައްޤީކުރުމުގައި ހާޞިލްކޮށްފައިވާ ކާމިޔާބީތައް ދިވެހި ސިވިލް ސަރވިސް ކޮމިޝަނާ ހިއްސާކުރުމަށާއި ދިވެހި ސިވިލް ސަރވަންޓުންނަށް ތައިލޭންޑް ގައި ތަމްރީނުވުމުގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުމާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. އަދި މި ކަންކަމުގައި ތައިލޭންޑުގެ ކޮމިޝަނުން ރާއްޖޭގެ ކޮމިޝަނަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެކަމަށާއި ތައިލޭންޑްގެ ތަޖްރިބާ ރާއްޖެއާ ހިއްސާކޮށް ދެއްވާނެކަމުގައި ޑެޕުއިޓީ ސެކެޓްރީޖެނެރަލް މިސްޓަރ ޕިޔަވަޓް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، ދިވެހި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްއާއެކު ތައިލޭންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ 2 ވަނަ ސެކެޓްރީ ޢަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026