24 ޖުލައި 2022
ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި އިންޑިއާގެ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން އިންތިޒާމްކުރާ 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ވަފުދެއް މިއަދު ހަވީރު އިންޑިއާ އަށް ފުރައިފިއެވެ. މި ޕްރޮގްރާމް އަމާޒުކުރެވިފައި ވަނީ ސިވިލް ސަރވިސްގެ އިސް ފަންތީގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އެގޮތުން ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރާ ސެކްރެޓަރީ ޖެނެރަލުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ އިސް މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 25 ފަރާތެއް މި ވަފުދުގައި ހިމެނެއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި، ޖުލައި 25 އިން 29 ގެ ނިޔަލަށް އިންޑިއާގެ ދިއްލީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގައި އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެއެވެ. އަދި ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކޮށް، އެތަންތަނުގެ އިސް ވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމަށް ސެޝަންތަކެއް ރޭވިފައިވެއެވެ. މީގެ އިތުރުން މި ދަތުރުގައި ދިއްލީގެ ސަޤާފީ ތަންތަނަށްވެސް ބައިވެރިން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ، ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެން.ސީ.ޖީ.ޖީ އާއެކު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް އިންޑިއާއަށް ފުރާ 14 ވަނަ ބެޗެވެ. މި ޓީމުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ޝުޖާއު އެވެ.
ފަހުގެ ޚަބަރުތައް
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ތިންވަނަ ސެޝަންގެ ތެރެއިން
23 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފުރަތަމަ ސެޝަންގެ ތެރެއިން
23 ސެޕްޓެމްބަރ 2026
ކޮމިޝަނުން މުލަކަތޮޅު ވޭވަށު ކައުންސިލާއިއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
23 ސެޕްޓެމްބަރ 2026
ކޮމިޝަނުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
23 ސެޕްޓެމްބަރ 2026