21 ސެޕްޓެމްބަރ 2025
ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 15 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެ ޤާނޫނުގެ 17 ވަނަ މާއްދާގައިވާ ގޮތުގެމަތިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލަވާލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، އެ ކޮމިޝަން ހިންގުމަށް ޓަކައި ވަގުތީގޮތުން އެކުލަވާލަންޖެހޭ ކޮމެޓީއަށް ސިވިލް ސަރވިސް ކޮމިޝަނުން މިއަދު 21 ސެޕްޓެންބަރު 2025 ގައި މެންބަރުން ޢައްޔަންކުރައްވައިފިއެވެ.
މި ގޮތުން ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާފައިވާ 5 މެންބަރުންގެ ވަގުތީ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ؛
- ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް
- ޑިރެކްޓަރ ޖެނެރަލް އަޙްމަދު މަޢުސޫމް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް
- ޑިރެކްޓަރ ޖެނެރަލް އާމިނަތު ޝާހިދާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް
- ޑިރެކްޓަރ ޖެނެރަލް އާމިނަތު ނަސީރު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
- ޗީފް ކޯޕަރޭޓް އެގްޒެކެޓިވް އިމާދު މުހައްމަދު، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފް
ވަގުތީ ކޮމެޓީއަށް މެންބަރުން އައްޔަންކުރުމަށް މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ރަސްމިއްޔާތުގައި، ކޮމެޓީއަށް އައްޔަންކުރެވުނު މެންބަރުންނާ މަސްއޫލިއްޔަތުތައް ޙަވާލުކޮށް، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން އެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރެއްވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026