ފަސްވަނަ ސިވިލް ސަރވިސް ކޮންފަރެންސް، 2026 ވަނަ އަހަރުގެ ޖޫން 07 އިން 09 ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްފގެ ޝިޢާރަކީ، "ފިއުޗަރ – ރެޑީ ރެސްޕޮންސިވް ގަވަރނަންސް: އެމްޕަވަރ ޕީޕަލް، އެމްބްރޭސް އެޖިލިޓީ، އެންހޭންސް ސަރވިސަސް" އެވެ. މިއީ، ދިވެހި ސިވިލް ސަރވިސްއަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، ސިވިލް ސަރވިސްގެ ހިންގުން އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރާނެ ގޮތްތަކެއް ތަދުބީރުކުރުމުގެ މަޤުޞަދުގައި، ސިވިލް ސަރވިސްގެ އިސްވެރިންނާއި ސިޔާސީ އިސްފަރާތްތައް ހިމެނޭގޮތަށް ކޮންމެ 2 އަހަރުން 1 އަހަރު ސިވިލް ސަރވިސް ކޮންފަރެންސްގެ ނަމުގައި ސިލްސިލާކޮށް ބާއްވަމުންގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި، 200 އަށް ވުރެ ގިނަ ބައިވެރިން، ސިވިލް ސަރވިސްގެ އެކި އިދާރާތަކުން ބައިވެރިވާނެއެވެ.
ފިއުޗަރ-ރެޑީ ރެސްޕޮންސިވް ގަވަރނަންސް: އެމްޕަވަރ ޕީޕަލް، އެމްބްރޭސް އެޖިލިޓީ، އެންހާންސް ސަރވިސަސް" މި ޝިޢާރުގެ މައްޗަށް ބިނާކޮށް ބާއްވާ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026 އަކީ ސިވިލް ސަރވިސްގެ ދައުރު އަލުން ބައްޓަންކުރުމަށް އަޅާނެ އިސްތިރާޖީ ފިޔަވަޅެކެވެ. މި ކޮންފަރެންސް ބިނާވެފައިވަނީ ކުރީގެ ކޮންފަރެންސްތަކުން ލިބުނު ތަޖުރިބާއާއި ފިލާވަޅުތަކުގެ މައްޗަށާއި، އަދި ގަވަރނަންސްގެ ދާއިރާއިން ކުރިމަތިވާ އައު ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، އައު ފުރުސަތުތައް ހޯދުމަށް ބޭނުންވާ ހުނަރުތަކާއި، އޮނިގަނޑުތަކާއި، ވިސްނުންތަކާ އެއްގޮތަށް ސިވިލް ސަރވިސްގެ ޚިދުމަތްތައް އެލައިންކުރުމުގެ މައްޗަށެވެ.
މި ކޮންފަރެންސްގައި ދިރާސާ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. ދިރާސާ ކަރުދާހުގެ "އެބްސްޓްރެކްޓް ސަބްމިޝަން" މިހާރުވަނީ 30 ޑިސެންބަރު 2025 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައެވެ. ދިރާސާ ކަރުދާސް ހުށަހެޅުމުގެ ގައިޑްލައިން ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026