08 ޖަނަވަރީ 2026
"ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026" ގެ މީޑިއާ އަދި ބްރޯޑްކާސްޓިންގ އާ ގުޅުން ހުރި ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަނާއެކު ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން މީޑިއާ ޕާރޓްނަރގެ ގޮތުގައި ހަމަޖެހި، ފަހުމުނާމާގައި ދެ ފަރާތުން މިއަދު ސޮއިކޮށްފިއެވެ.
ޕީ.އެސް.އެމް. ގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ދެއްކެވި ވާހަކަފުޅުގައި، ސިވިލް ސަރވިސް ކޮންފަރެންސަކީ، ސިވިލް ސަރވިސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ދެނެގަނެ، އެކަށައެޅުމަށް ޓަކައި ކޮންމެ 2 އަހަރަކުން 1 އަހަރު ސިލްސިލާކޮށް ބޭއްވޭ ކޮންފަރެންސެކެވެ. ފާއިތުވެދިޔަ ކޮންފަރެންސްތަކުގެ ސަބަބުން ލިބިގެންދިޔަ ފައިދާތަކާއި ކުރިއެރުން ފާހަގަކުރައްވަމުން، ޢިލްމީގޮތެއްގައި ދިރާސާކުރެވިގެން ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ކުރިޔަށް ފިޔަވަޅުއެޅުމަށް ލިބޭ މަޢުލޫމާތަކުގެ ސަބަބުން، ސިވިލް ސަރވިސްގެ ކުރިއެރުމާއި ތަރައްޤީއަށް އަދި ސިވިލް ސަރވިސްގެ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
މި ފަހުމުނާމާގެ ދަށުން ކޮންފަރެންސްގެ ލައިވް ކަވަރޭޖާއި، ސެޝަންތަކާއި، ޕީ.އެސް.އެމްގެ ބައެއް ޕްރޮގްރާމްތަކުން ކޮންފަރެންސާ ގުޅުންހުރި މަޢުލޫމާތުތަކާއި ކޮންފަރެންސް ޕްރޮމޯޓްކުރުމުގެ ގޮތުން ތައްޔާރުކުރާ ވީޑިއޯ ޕީ.އެސް.އެމް އެއަރ ޓައިމްގައި ގެނެސްދިނުމަށްވަނީ އެއްބަސްވެފައެވެ.
މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ:
"Future Ready Responsive Governance: Empower People, Embrace Agility, Enhance Services"
އަދި، މި ޝިޢާރުގެ ދަށުން މައިގަނޑު 08 ސުރުޚީއަކަށް ދިރާސާ ކަރުދާސް ހުށަހެޅުމަށްވަނީ ހުޅުވާލެވިފައެވެ. މި އަހަރުގެ މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 7 އިން 9 އަށް މާލޭގައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026