މި ފެބުރުވަރީ 5 އިން 7 އަށް ބަންގްލާދޭޝް ގެ ވެރިރަށުގައި އެގައުމުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ޓްރެއިނިންގ ސެންޓަރުން ބާއްވާ 7 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ޑިވެލޮޕްމަންޓް ގައި ބައިވެރިވެވަޑައިގަތުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ބަންގުލާދޭޝް އަށް ކަނޑައެޅިފައިހުންނަ ދިވެހި ހައި ކޮމިޝަނަށް ޒިޔާރަތްކުރައްވަވައި، ހައިކޮމިޝަނަރ ހިޒް އެކްސަލަންސީ އައިޝަތު ޝާން ޝާކިރު އާއި އެ އޮފީހުގައި މަސައްކަތްކުރާ ދިވެހި ސިވިލް ސަރވަންޓްއިންނާއި ބައްދަލުކުރައްވަވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ތަމްރީނާއި ތަޖްރިބާ ހާޞިލް ކުރުމަށް ބަންގްލާދޭޝްއިން ހޯދިދާނެ ފުރުޞަތުތަކާ ބެހޭގޮތުން ކޮމިޝަނުގެ ރައީސް ދިވެހި ހައިކޮމިޝަނަރާ މަޝްވަރާކުރެއްވެވިއެވެ. އަދި މިފަދަ ފުރުޞަތުތައް ލިބޭތޯ މަސައްކަތްކޮށް ދެއްވުމަށް އެކަމަނާގެ އަރިހުގައި އެދިވަޑައިގަތެވެ. މީގެ އިޖާބާގައި ދިވެހި ސިވިލް ސަރވަންޓުންގެ ކުރިއެރުމަށް ހޯދާދެވެން އޮތް އެންމެހާ ކަމެއްކޮށްދެއްވަވާނެ ކަމުގެ ކަށަވަރުކަން ހައިކޮމިޝަނަރ ޝާން ކޮމިޝަނުގެ ރައީސަށް އެރުވިއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ހައި ކޮމިޝަނުގައި މަސައްކަތްކުރައްވަވާ ސިވިލް ސަރވަންޓުންނާއި މަޝްވަރާކޮށް އެފަރާތްތަކުގެ ޚިޔާލު ކަންކަމުގައި ހޯއްދެވިއެވެ. އަދި ކޮމިޝަނުގެ ފަރާތުން މުޅި ދިވެހި ސިވިލް ސަރވިސް ކުރިއަރުވައި ތަރައްޤީ ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ މަޢުލޫމާތު އެ ފަރާތްތަކާއި ކޮމިޝަނުގެ ރައީސް ހިއްސާކުރައްވަވައި އެ ފަރާތަކުން މަސައްކަތް ކުރެއްވުމުގައި ނަމޫނާ މުވައްޒަފުންނަށް ވެވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026