16 ފެބްރުއަރީ 2020
އިންޑިއާގައި މުވައްޒަފުންނަށް ތަމްރީނުދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާ ކަމުގައިވާ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރަނަންސް (އެން.ސީ.ޖީ.ޖީ) އިން ކުރިއަށްގެންދެވުނު 2 ހަފްތާގެ ތަމްރީނު ޕްރޮގްރާމް ދިވެހި ސިވިލް ސަރވިސްގެ 28 ބައިވެރިން ފުރިހަމަކުރައްވައިފިއެވެ. ފެބުރުވަރީ މަހުގެ 02 އިން 16 އަށް އިންޑިއާގެ ނިއު ދިއްލީ އަދި މަސޫރީ ގައި ބޭއްވުނު ސަރުކާރުގެ އިދާރީ ހިންގުމާއިބެހޭ މި ސެމިނަރގައި ސިވިލް ސަރވިސްގެ އެކި އެކި އިދާރާތަކުން ހޮވާލެވުނު 28 މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
"ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި ކުރިއަށް ގެންދެވުނު މި ތަމްރީނަކީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް އަދި ސިވިލް ސަރވިސްގެ ދާއިރާގައި އިންޑިއާގެ ތަޖްރިބާ ހިއްސާކުރުމުގެ ގޮތުން ބޭއްވުނު 2 ހަފްތާގެ ތަމްރީނެކެވެ. މި ތަމްރީނަކީ ދާދިފަހުން އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ މިސްޓަރ ނަރެންދަރު މޯދީ ރާއްޖެއަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ސެންޓަރ ފޯރ ގުޑް ގަވަރނަންސް އާއި ސިވިލް ސަރވިސް ކޮމިޝަނާއި ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން އިންތިޒާމުކުރެވުނު ދެވަނަ ތަމްރީނު ބުރެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026