17 ފެބްރުއަރީ 2020
ޞުލްޙަ މަސަލަސްކަން އަށަގެންފައިވާ ދިމުޤްރާތީ ވެށްޓަކަށް ދިވެހި މުޖްތަމަޢު ހޭލުންތެރިކުރުވުމުގެ މަޤްސަދުގައި އިލެކްޝަންސް ކޮމިޝަން އިސްނަންގަވައި އެހެން 16 މުއައްސަސާއަކާއި ގުޅިގެން ފެށުމަށް ހަމަޖެހިފައިވާ ގައުމީ ހޭލުންތެރިކަމުގެ ހަރަކާތް ނުވަތަ ގައުމީ އެވެއާރނެސް ކެމްޕެއިން އާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވުނު ނޫސް ކޮންފަރެންސްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ބައިވެރިވެވަޑައިގެންފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަލްފާޟިލް އަހުމަދު ޝަރީފް ފަށްޓަވައިދެއްވި ނޫސްކޮންފަރެންސްގައި މި ހަރަކާތް ރާވާއި ހިންގުމުގައި ބައިވެރިވެވަޑައިގެންނެވި މުއައްސަސާތަކުގެ މަންދޫބުންނަށް މަޢުލޫމާތު ހިއްސާ ކުރައްވަވަން ދެއްވި ފުރުޞަތުގައި ކޮމިޝަނުގެ ރައީސްވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.
ކޮމިޝަނުގެ ރައީސް އަކީ ގައުމީ އެވެއާރނަސް ކެމްޕެއިން ގެ ކަންކަން ރޭވުމުގައި އެކުލަވާލި ސްޓޭކް ހޯލްޑާސް ކޮމިޓީގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި މަންދޫބުވެސްމެއެވެ. މި ހަރަކާތުގެ މުހިންމުކަމާއި މިކަމުން ލިބޭނެ ފައިދާގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން މި ކެމްޕެއިނަކީ ނަތީޖާ ނެރެވޭ ކާމިޔާބު ކެމްޕޭނަކަށް ހެދުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ސިވިލް ސަރވިސްގެ އިދާރާތަކުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން 12 މަސްދުވަހަށް ދެމިގެންދާ މި ކެމްޕެއިނަށް ދެއްވުމަށް އެދިވަޑައިގެން އެކަމަށް ގޮވާލެއްވެވިއެވެ.
ގައުމީ ހޭލުންތެރިކަމުގެ ހަރަކާތުގައި 12 މައުޟޫއެއްގެ މައްޗަށް މުއައްސަސާތައް ގުޅިގެން މަޢުލޫމާތު ދިނުމާއި ހޭލުންތެރިކުރުމުގެ ތަފާތު ހަރަކާތްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މައުޟޫތަކުގެ ތެރޭގައި ލާމަރުކަޒީނިޒާމާއި، އިންތިޚާބުތަކާއި، އަންހެނުން ބާރުވެރިކުރުވުމާއި، މަސައްކަތްތެރިންގެ ޙައްޤުތަކާއި ވާޖިބުތަކަށް އަހުލުވެރިވުމާއި، މަޝްވަރާކޮށް ކަންކަން ތަޙައްމަލުކުރުމާއި، އިޤްތިޞާދު ކުރުމާއި ފަހަށް ރައްކާކުރުމާއި، ރައްޔިތުން ބާރުވެރިކުރުމާއި ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ދަރުމަވެރިކަން ދިރުވުމާއި، ޖިންސީ ފުރައްސާރަނުކުރުމާއި ނަޒާހަތްތެރިވުން ހިމެނިގެންވެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026