ހެލްތު މިނިސްޓަރު ކޮމިޝަނާއެކު މަޝްވަރާކުރައްވައިފި

19 ފެބްރުއަރީ 2020



މިނިސްޓްރީ އޮފް ހެލްތުގެ ވަޒީރު އޮނަރަބަލް ޢަބްދުﷲ އަމީން ސިވިލް ސަރވިސް ކޮމިޝަނާ މިއަދު އެ މިނިސްޓްރީގައި ބައްދަލުކުރައްވަވައި އެ މިނިސްޓްރީ ހިންގުމުގައި ސިވިލް ސަރވިސް އާ ގުޅުންހުރި ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް އިންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް އެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ އޮނިގަނޑުގެ ހުރި މައްސަލުތަކާއި އަދި މުވައްޒަފުން ތަމްރީނު ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާތަކެއްކުރައްވާފައެވެ. ތަފާތު މަސައްކަތްތަކެއް ކުރަމުންގެންދާއިރު މި މިނިސްޓްރީގެ ކަންކަން އަވަހަށް ހަމަޖައްސައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގައި ކޮމިޝަނުން ފުރިހަމައެއް ބާރުލުން މިނިސްޓަރަށާއި މިނިސްޓްރީ އަށް ލިބިވަޑައިގަންނަވާނޭ ކަމުގެ ކަށަވަރުކަން މި ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރުން އަރުވާފައިވެއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް