19 ފެބްރުއަރީ 2020
ތަރައްޤީ އަށް އެހީތެރިވެދޭ ޖަޕާނުގެ އިދާރާކަމުގައިވާ ޖަޕާން އިންޓަރނޭޝަނަލް ކޯރޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ވަފުދެއް މިއަދު ކޮމިޝަނަށް ޒިޔާރަތްކުރައްވައި ދިވެހިރާއްޖެއަށް މާސްޓާރސް ފެންވަރުގެ ސްކޯލަރޝިޕް ލިބިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަވައިފިއެވެ. މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް އެހީވެދިނުމުގެ ގޮތުން ޖައިކާ އިން މާސްޓާރސް އަށް ކިޔެވުމަށް ކުރިއަށް އޮތް 5 އަހަރު، 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 6 ސްކޯލަރޝިޕް ދިވެހިރާއްޖެއަށް ދެއްވުމަށް ވަނީ ހަމަޖެހިފައިކަމުގައި ޖައިކާ އިން ދެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޖައިކާ ގެ ފަރާތުން އިސްކޮށް އިންނެވީ އެ އެޖެންސީގެ މެނޭޖިންގ ޑިރެކްޓަރ މިސްޓަރ ޝިޔޯނޯޔަ އެވެ. ކޮމިޝަނުގެ ފަރާތުން އިންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026