28 ނޮވެމްބަރ 2018
ލަންކާގެ ކޮލަންބޯގައި ބޭއްވުނު ކޯޗިން ކޭންޕެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ބައިވެރިވެވަޑައިގަންނަވައިފިއެވެ. ލަންކާގައި މިއަދު ފަށާ 2 ވަނަ ސައުތު އޭޝިއަން ޔޫތް ސަމިޓާ ދިމާކޮށް ބޭއްވުނު މި ރަސްމިއްޔާތުގައި ޚާއްޞަ މެހުމާނެއްގެ ގޮތުން ކޮމިޝަނުގެ ރައީސް ބައިވެރިވެޑައިގެން ދެއްކެވި ވާހަކައިގައި، ބައިވެރިންނަށް ހިއްވަރުދެއްވައި ކުރިއަރާދާ ޒުވާނެއްގެ ކާމިޔާބީއަށްޓަކައި، ވިސްނުމާއި އަމަލުތައް ބަހައްޓާނެ ގޮތުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މި އިވެންޓްގެ ކަންކަން ވަރަށް ފުރިހަމައަށް ގެންދެވީތީ، މިކަން ރާވާ އިންތިޒާމު ކުރެއްވި ފަރާތްތަކަށް ކޮމިޝަނުގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.
" މިލޭނިއަމް ޔޫތު އެންބެސެޑާސް ކޯޗިން ކޭންޕް 2018"ގެ ނަމުގައި ލަންކާގައި ބޭއްވުނު މި ކޭނަޕަކީ ރާއްޖޭގައި ޒުވާނުން ކުރިއަރުވައި ގުޅުންބަދަހި ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމުގައިވާ ރީޖަނަލް އެލައިންސް ފޯ ފޯސްޓަރިންގ ޔޫތުގެ ފަރާތުން ބޭއްވި ކޭންޕެކެވެ. މި ކޭންޕު ނިންމުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވަނީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އޮނަރަބުލް އަޙްމަދު މަހުލޫފެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026