25 ނޮވެމްބަރ 2018
ބައިނަލް އަޤްވާމީގޮތުން ފާހަގަކުރާ، އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުމުގެ ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގައި މިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ. ކޮމިޝަނުގެ ސްޓާފުންނަށް މިއަދު ބޭއްވި މި ސެޝަން ނަންގަވައިދެއްވީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ވިމެން އެންޑް ޑިމޮކްރަސީގެ ނައިބުރައީސާ ޢާއިޝަތު ޝީޒާއެވެ. މި ސެޝަނުގައި، އަންހެނުންނަށް ކުރާ އަނިޔާއާ އަދި އޮފީސް މާހައުލުގައި އަންހެނުން ކުރާ އެކިބާވަތުގެ އަނިޔާ، ފުރައްސާރަ އަދި ގޯނާތަކާއި، އަންހެނަކަށް ވީތީ ކުރެވޭ ތަފާތުކުރުންތަކާ ބެހޭގޮތުން ޝީޒާ މައުލޫމާތުދެއްވިއެވެ. އަދި މިފަދަ ގޯނާތަކާއި ފުރައްސާރަތައް ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާއި އެޅިދާނެ ފިޔަވަޅުތަކާއި އަދި މި ފަދަ އަމަލުތައް ރިޕޯޓްކުރުމުގައި އަމަލުކުރަންވީ ގޮތްތަކާބެހޭ މައުލޫމާތު ސީޒާގެ ޕްރެޒެންޓޭޝަނުގައި ދެއްވިއެވެ.
މިއަދު ކޮމިޝަނުގައި ބޭއްވި މި ހަރަކާތުގައި ކޮމިޝަނުންގެ ރައީސް ޑރ. ޢަލީ ޝަމީމު ވާހަކަ ދައްކަވަމުން ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ބައިނަލް އަޤްވާމީ ގޮތުން ހަރަކާތްތައް ފެށިގެން އައިގޮތުގެ މައްޗަށް ތާރީޚީ ނަޒަރަކުން ބައްލަވާލައްވައި މައުލޫމާތު ޙިއްސާކުރެއްވިއެވެ. ބައިނަލްޢަޤްވާމީ ގޮތުން ފާހަގަކުރެވޭ މި ދުވަހުގެ މުނާޞަބާ ފަހަގަކުރުމަށް މިއަދު ބޭއްވި މި ހަރަކާތުގައި ކޮމިޝަނުގެ ގިނަ ޢަދަދެއްގެ ސްޓާފުން ބައިވެރިވެފައިވާއިރު މިދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް މިއަދު ގިނަ ސްޓާފުން އޮފީހަށް ހާޞިރުވީވެސް އޮރެންޖް ކުލައިގެ ހެދުމުގައެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026