14 ނޮވެމްބަރ 2018
ބައިނަލް އަޤްވާމީ ހަކުރުބަލީގެ ދުވަހުގެ މުނާޞަބާގައި ހަކުރުބައްޔަށް ޓެސްޓްކޮށްދިނުމާއި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ސީއެސްޓީއައިގައި ފަށައިފިއެވެ.
މިއަދު ސިވިލްސަރވިސް ޓްރެއިނިނގް އިންސްޓިޓިއުޓް (ސީއެސްޓީއައި)ގައި ފެށުނު މި ހަރަކާތަކީ ސީއެސްޓީއައިގައި ކިޔަވަމުންދާ ދަރިވަރުން އިސްނަގައިގެން ކޮންމެ އަހަރަކު ކުރިޔަށްގެންދާ އިޖްތތިމާއީ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. މިގޮތުން ލޭ ހަދިޔާކުރުމުގެ މިހަރަކާތަކީ މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ހަރަކާތެކެވެ. އަދި މި ހަރަކާތްބާއްވާ މި ދުވަހަކީ ދުނިޔޭގެ ހަކުރުބަލީގެ ދުވަސްކަމުން ދަމަނަ ވެއްޓާ ގުޅިގެން ހަކުރުބައްޔަށް ހިލޭ ޓެސްޓްކޮށްދިނުމާއި ހަކުރުބައްޔާގުޅޭ މައުލޫމާތު ދިނުމުގެ ކަންކަންވެސް މިހަރަކާތުގެ ތެރޭގައި ކުރިޔަށްދެއެވެ. ލޭ ހަދިޔާކުރުމާއި ހަކުރުބައްޔަށް ޓެސްޓްކޮށްދިނުމުގެ މި ހަރަކާތަކީ އާންމުކޮށް ހުޅުވާލައިގެން ކޮންމެ މީހަކަށްވެސް ބައިވެރިވެވޭގޮތަށް ކުރިޔަށްގެންދެވޭ ހަރަކާތެކެވެ. މި ހަރަކާތް މިއަދު ހެނދުނު 10 އިން މެންދުރުފަހު 2 އަށް ކުރިޔަށްދާނެއެވެ. އަދި މިހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ބައެއް މަޝްހޫރު އެތްލީޓުންކަމުގައިވާ ސާޢިދު އަދި ފަޒީލް ބައިވެރިވާނެއެވެ.
ފަހުގެ ޚަބަރުތައް
ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފަސްވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން
24 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ހަތަރުވަނަ ސެޝަންގެ ތެރެއިން
24 ސެޕްޓެމްބަރ 2026
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026