ސިވިލް ސަރވިސް ކޮމިޝަންގެ އައު މެންބަރުންނާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު ބައްދަލު ކުރައްވައިފި

14 ސެޕްޓެމްބަރ 2020ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް އައްޔަނު ކުރެވުނު 4 މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ  ގެ ނައިބު  ފައިޞަލް ނަސީމް ބައްދަލު ކުރައްވައިފިއެވެ. ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީއަށް އަލަށް ގުޅިވަޑައިގެންނެވި ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެންބަރުންނާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު ބައްދަލުކުރެއްވީ މިއަދު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވުނު ވިލަރެސް ކޮމިޓިގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މި 4 މެންބަރުންނަށް ނައިބު ރައީސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ސިވިލް ސަރވިސްގެ މުވައްޒަފުންކަން ފާހަގަކުރައްވައި ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި އަދި ހުރިހާ ފަރާތްތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ވަނީ ސިވިލް ސަރވިސްގެ ކަންކަން ކުރިމަގުގައި ބައްޓަންކުރުމުގައި އެބޭފުޅުންގެ ވިސްނުންފުޅު ހުރިގޮތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ޗެޓް ބޮޓް