"މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ފަރާތްތަކާ އެކު ފަހުމުނާމާ/އެއްބަސްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ސޮއި ކުރައްވައިފި

04 ޖޫން 2024ކުރިއަށް އޮތް ސިވިލް ސަރވިސް ކޮންފަރެންސްގެ އެކިއެކި ކަންކަން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަނާއެކު، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއާއި، މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަންއާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންއާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސްއާއި ޕަބްލިކް ސަރވިސް މީޑިއާއާއި، އޫރިދޫ މޯލްޑިވްސްއާއި، ދުވަސް ނޫހާއި، މޯލްޑިވްސް ބިޒްނަސް ރިވިއުއާއި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާއި، އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ފަހުމުނާމާ/އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް ދެއްކެވި ވާހަކަފުޅުގައި، މި ފަހުމުނާމާ/އެއްބަސްވުމަކީ ސިވިލް ސަރވިސް ކޮމިޝަނުން ބާއްވާ "މޯލްޑިވްސް ސިވިލް ސަރވިސް ކޮންފަރެންސް 2024" އާ ގުޅުންހުރި އެކިއެކި މަސައްކަތްތައް ކުރުމަށް މި ކުންފުނިތަކުގެ އެހީގައި ކުރިއަށްދިޔުމުގެ މަގުފަހުކޮށްދިނުމުގެ ގޮތުން ސޮއިކުރެވޭ ފަހުމުނާމާ/އެއްބަސްވުމެއް ކަމަށް ވިދާޅުވިއެވެ.

ދިވެހި ސިވިލް ސަރވިސް ޑިޖިޓަލައިޒްކޮށް ކުރިއެރުވުމަށް ބޭނުންވާ ޢިލްމީ އަދި ފަންނުވެރި ޚިޔާލާއި މަޢުލޫމާތު ހޯދުމުގެ މަޤްޞަދުގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހައްލު ހޯދައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ބޭއްވޭ ދިވެހި ސިވިލް ސަރވިސްގެ ކޮންފަރެންސް މި އަހަރުގެ ޖޫން 9 އިން 10 އަށް ދަރުބާރުގޭގައި ކުރިއަށްދާނެއެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް