ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ބޭފުޅުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން ބައްދަލުކުރައްވައިފި

26 އޮކްޓޯބަރ 2020



ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ބޭފުޅުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ޤައުމީ އަރުޝީފުގެ އިދާރީ އޮނިގަނޑާއި އަދި މުވައްޒަފުން ހޯދުމުގައި ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުންނެވެ.

ޤައުމީ އަރުޝީފުގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ތާރިޤު އާއި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު އާމިރު އަޙުމަދު އާއި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ އަލްފާޟިލް އިމާދު މުޙައްމަދު އަދި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޒީހާން އެވެ.

އަދި ސިިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް އަލްފާޟިލް މުހައްމަދު ނާޞިހު އާއި ނައިބު ރައީސް އިބްރާހިމް ރަޝީދުގެ އިތުރުން ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް