މިނިސްޓަރ އޮފް އެޑިޔުކޭޝަން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއެކު މަޝްވަރާކުރައްވައިފި

22 އޮކްޓޯބަރ 2020


194*364

މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލާ އާއިޝަތު އަލީ މިއަދު ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއެކު އެ މިނިސްޓްރީގައި ބައްދަލުކުރައްވަވައި އެ މިނިސްޓްރީ ހިންގުމުގައި ސިވިލް ސަރވިސް އާ ގުޅުންހުރި ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާއަދާ ކުރާނެ ސްކޫލްތައް ކަނޑައެޅުމުގެ އުސޫލާއި ބެހޭގޮތުންނާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ދިމާވެފައިވާ އިދާރީ ދަތިތަކާ، މުވައްޒަފުންނަށް ޓްރެއިނިންގ ދިނުމާއި ގުޅޭގޮތުންނާއި އަދި އިތުރަށް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
މިއަދު މެންދުރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ބޭއްވުނު މި ބައްދަލުވުމުގައި ސިިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ކޮމިޝަނުގެ ރައީސް އަލްފާޟިލް މުހައްމަދު ނާޞިހު އާއި ނައިބު ރައީސް އިބްރާހިމް ރަޝީދުގެ އިތުރުން ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ޗެޓް ބޮޓް