17 އޯގަސްޓް 2021
ޕާކިސްތާނު ހައިކޮމިޝަނުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ގޮތުގައި އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކުރައްވައިފިއެވެ. މި އިކިއުޕްމެންޓްތައް ޕާކިސްތާނުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނާ ހަވާލުކުރެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔާރޑް) އަތުހަރު މުޚްތާރު އެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ނާޞިޙުއެވެ. ޕާކިސްތާނު ހައިކޮމިޝަނުން ސިވިލް ސަރވިސް ކޮމިޝަނަށް ހަދިޔާ ކުރެއްވި ތަކެތީގެ ތެރޭގައި ހިމެނެނީ "75 ސްމާރޓް ޓީވީ، 16 ކޮމްޕިއުޓަރ ސިސްޓަމް، 6 މޮނިޓަރ އަދި 3 ލެޕްޓޮޕެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ނާޞިޙު ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ އޮންނަ ގާތްގުޅުމަށް އަލިއަޅުވާލައްވައި، ޕާކިސްތާނު ސަރުކާރާއި ޕާކިސްތާނު ހައިކޮމިޝަނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނާއެކު ޕާކިސްތާނު ހައިކޮމިޝަނުން ބާއްވާ ގާތްގުޅުން ފާހަގަކުރައްވައި، ހަދިޔާ ކުރެއްވި ތަކެތީގެ ސަބަބުން ސިވިލް ސަރވިސް އަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަތީ ފެންވަރެއްގެ ޚިދުމަތްތަކެއް ފޯރުކޮށްދޭ ސަރވިސްއަކަށް ހެދުމަށް ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ޕާކިސްތާނު ހައިކޮމިޝަނުން ހަދިޔާ ކުރެެއްވި ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ސިވިލް ސަރވިސް ކޮމިޝަނުން ދެމުން ގެންދާ ޚިދުމަތްތައް ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމށާއި ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.
ޕާކިސްތާނު ސަރުކާރުން މިއަދު ހަވާލުކުރެއްވި ތަކެއްޗަކީ ސިވިލް ސަރވިސް ކޮމިޝަނުން، ދިވެހި ސިވިލް ސަރވިސް އިތުރަށް ތަރައްގީކޮށް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނު ސަރުކާރުން ދެއްވި އެހީއެކެވެ.
ފަހުގެ ޚަބަރުތައް
ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަރުމާކުރެވިފައިވާ އޮންލައިން ނިޒާމެއް އިދާރާތަކުގައި ތައާރަފުކުރުމަށް ކޮމިޝަނުން ނިންމައިފި
31 ޑިސެމްބަރ 2023
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް ފަރުމާކުރެވުނު މޮޑިއުލް އިފްތިތާޙުކޮށްފި
07 ޑިސެމްބަރ 2023
ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަނުގެ މަޤާމަށް އަލްފާޟިލް ޢަބްދުއްރަހީމް އަބްދުﷲ، އަރާއިރު / ލ. ފޮނަދޫ، ހަމަޖައްސަވައިފި
05 އޮކްޓޯބަރ 2023
އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާއަށް ފުރައިފި
30 އޮކްޓޯބަރ 2022
ތަމްރީނާއި ތަޖްރިބާ ހާޞލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާ އަށް
24 ޖުލައި 2022