އިންތިޚާބުތަކާބެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ސިވިލް ސަރވިސް ކޮމިޝަން އާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރައްވައިފި

30 ޖަނަވަރީ 2020



އިންތިޚާބުތަކާބެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ސިވިލް ސަރވިސް ކޮމިޝަން އާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބީ މަރުކަޒުގައި ކުރިއަށް ގެންދެވުނު މި ހަފްލާގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މި އެމް.އޯ.ޔޫ ގައި ސޮއިކުރައްވާފައިވަނީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެމް.އޯ.ޔޫ ގައި ސޮއިކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު އަކްރަމް އެވެ.
މި ފަހުމުނާމާ އަކީ އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިޚާބުތަކުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމުގައި، ޤާނޫނު ނަންބަރު 2018/11 "އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު" އާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާއި، އެ އިންތިޚާބެއްގެ ޚާއްޞަ ޤާނޫނާއި ކަމާބެހޭ އެންމެހައި ޤަވާއިދުތަކާ އެއްގޮތަށް، ސިޓީ/އަތޮޅު/ރަށު ކައުންސިލްތަކުން ސިވިލް ސަރވިސްގެ އިދާރާތަކުން އިލެކްޝަންސް ކޮމިޝަނަށާއި، އިލެކްޝަންސް ކޮމިޝަނުން އައްޔަނުކުރާ ފޯކަލް ޕޮއިންޓުންގެ އެންމެހައި މަސައްކަތްތަކަށް ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފަރާތުން ދޭންޖެހޭ އެހީތެރިކަމާއި، އެއްބާރުލުން ދިނުމަށާއި، އިންތިޙާބުގެ އެކި މަސައްކަތަށް ބޭނުންވާ ސިވިލް ސަރވިސްގެ މުވައްޒަފުން ވީއްލުމުގައި ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަން އާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ވެވޭ ފަހުމުނާމާ އެކެވެ.
ޑރ. އަލީ ޝަމީމް ވަނީ ސިވިލް ސަރވިސް ކޮމިޝަނުން 100 ޕަރސަންޓް އެއްބާރުލުން އިލެކްޝަންސް ކޮމިޝަނަށް ދެއްވާނެ ކަމުގައި ދަންނަވާފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަޙުމަދު އަކްރަމް ދެންނެވީ އިލެކްޝަން އިންތިހާބުތަކުގެ %85 އިދާރީ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ ސިވިލް ސަރވިސް އިން ކަމަށާއި އެހެންކަމުން ސިވިލް ސަރވިސް އިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމުގައި ދެންނެވިއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް