06 ޑިސެމްބަރ 2021

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސިވިލް ސަރވިސް އެންމެ އިސް ވެރިޔާގެ ގޮތުގައި އައްޔަންކުރުމަށް ޤާނޫނުގައި ބަޔާންކުރާ ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް އައްޔަނުކުރެވިފައިވާ ފަރާތަކަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އޮރިއެންޓޭޝަން ޕްރޮގްރާމުތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމުތައް ކުރިޔަށް ގެންގޮސްފައިވަނީ 2 ބަޔަކަށް ބަހާލައިގެން އޮންލައިންކޮށެވެ. މިގޮތުން ފުރަތަމަ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވާފައިވަނީ 8-10 ނޮވެންބަރު 2021 އަށެވެ. ދެވަނަ ޕްރޮގްރާމް ބާއްވާފައިވަނީ ނޮވެންބަރު 30 ން ޑިސެންބަރު 2 ގެ ނިޔަލަށެވެ. މި 2 ޕްރޮގްރާމުގައި އެކުޖުމުލަ 85 ސެކްރެޓަރީ ޖެނެރަލުން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. މި އޮރިއެންޓޭޝަން ޕްރޮގްރާމުގައި، އޮފީހުގެ ހިންގުމާއި، އިދާރީ މަސައްކަތްތަކާބެހޭ މަޢުލޫމާތާއި، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކާއި އުޞޫލުތަކާބެހޭ މަޢުލޫމާތު ކޮމިޝަނުގެ ކަމާބެހޭ ސެކްޝަންތަކުން ހިއްސާކުރައްވާފައިވެއެވެ. އަދި އޭގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ވެސް ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން އައްޔަނު ނުކުރެވި ހުރި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން އައްޔަނުކުރެވެމުން، އެ ފަރާތްތަކަށް ވެސް މި އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގުމަށްވަނީ ރާވާފައެވެ.
ފަހުގެ ޚަބަރުތައް

އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާއަށް ފުރައިފި
30 އޮކްޓޯބަރ 2022

ތަމްރީނާއި ތަޖްރިބާ ހާޞލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާ އަށް
24 ޖުލައި 2022

ސިވިލް ސަރވިސް ކޮމިޝަނުގެ ވަފުދެއް ސްޓަޑީ ވިޒިޓެއްގައި އިންޑިއާއަށް ފުރައިފި
12 ޖޫން 2022

އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ސީނިއަރ ސިވިލް ސަރވެންޓުން އިންޑިއާއަށް ފުރައިފި
29 މެއި 2022

ތަމްރީނާއި ތަޖުރިބާ ހާޞިލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޓީމެއް އިންޑިއާ އަށް
07 މެއި 2022