އިންޑިއާގައި ބޭއްވޭ ތަމްރީނަށްފުރާ ސިވިލް ސަރވަންޓުންނާ އިންޑިއާ އެމްބެސެޑަރ ބައްދަލުކުރައްވައިފި

30 ޖަނަވަރީ 2020



މި ފެށޭ ފެބުރުވަރީ 2 އިން 16 އަށް އިންޑިއާގެ ނެޝަނަލް ސެންޓަރ ފޮ ގުޑް ގަވަރނަންސްގައި "ފީލްޑް އެޑްމިނިސްޓްރޭޝަން ފޯރ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވިސް" އާ ބެހޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ 2 ހަފްތާގެ ތަމްރީނުގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ 28 މުވައްޒަފުންނާއި ރާއްޖެއަށް ކަނޑައެޅިފައި ހުންނަ އިންޑިއާގެ އެމްބެސެޑަރ މިސްޓަރ ސަންޖޭ ސުދިރް ބައްދަލުކުރައްވައިފިއެވެ.
މިސްޓަރ ސަންޖޭ ސުދިރް ވަނީ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގާތްގުޅުމާ ބެހޭގޮތުން ބައިވެރީންނަށް މަޢުލޫމާތު ދެއްވަވައި ނިޔާމަ ދަތުރަކަށާއި ކާމިޔާބު ތަމްރީނަކަށް ބައިވެރީންނަށް އެދިވަޑައިގެންނެވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވުނު ބައްދަލުކުރުމުގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވެސް ތަމްރީނަށް ފުރަން ހަމަޖެހިފައިވާ ސިވިލް ސަރވަންޓުންނަށް ތަމްރީނު ޕްރޮގްރާމާއި ގުޅޭގޮތުންނާއި އަދި ރާއްޖެއާއި އިންޑިއާ ދެމެދުގައި އޮތް ބަދަހިގުޅުމާބެހޭ  ގޮތުން މަޢުލޫމާތު ހިއްސާކުރެއްވެވިއެވެ.
ދިވެހި ސިވިލް ސަރވަންޓުންގެ ހިންގުމުގެ ގާބިލުކަން މަތިކުރުމަށާއި، ތަފާތު މަސައްކަތް ކުރުމުގައި އިންޑިއާގައި ކަންކުރެވޭގޮތުގެ މަޢުލޫމާތު ދިނުމަށް ބޭއްވޭ 2 ހަފްތާގެ ތަމްރީނުގައި އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ބެހޭގޮތުން މަޢުލޫމާތާއި ތަޖްރިބާ ހިއްސާކުރުމަށް ރޭވިފައިވެއެވެ.


ފަހުގެ ޚަބަރުތައް

ހޮޓްލައިން / އެސްއެމްއެސް

7799280


ފޯނު

3307307

ސީއެސްސީ ބޮޓް