26 ފެބްރުއަރީ 2022
އިންޑިއާގައި މުވައްޒަފުންނަށް ތަމްރީނު ދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައިވާ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް، ދިވެހި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 55 މުވައްޒަފަކު އިންޑިއާއަށް މިއަދު މެންދުރު ފުރައިފިއެވެ.
"ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި 2 ހަފްތާގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގައި، އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނިގެންދާނެއެވެ. މި ތަމްރީނު ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ ދާއިރާތަކުގެ ތަޖުރިބާހުރި ކަމާގުޅޭ މާހިރުންނެވެ.
މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ. މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސްޢޫލިއްޔަތު އަދާ ކުރައްވާ މައި މަރުކަޒެވެ. އަދި ދެވަނަ ހަފްތާގެ ސެޝަންތައް ކުރިއަށް ގެންދެވޭނީ ދިއްލީގައެވެ. މީގެ އިތުރުން މި ދަތުރުގައި މަސޫރީ އަދި ދިއްލީގެ ސަޤާފީ ތަންތަނަށް ބައިވެރިން ޒިޔާރަތްކުރާނެއެވެ.
މިއީ، ދިވެހި ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެން.ސީ.ޖީ.ޖީ އާއެކު ސޮއިކުރެވުނު އެމް.އޯ.ޔޫ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް އިންޑިއާށް ފުރާ 9 ވަނަ ބެޗެވެ. އަދި މިއީ މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ސިވިލް ސަރވިސް މުވައްޒަފުން މިގޮތަށް ދާ ފަހަރުވެސްމެއެވެ. މި ވަފުދުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ ސިވިލް ސަރވިސް ކޮމިޝަނުގެ އިންފޮރމޭޝަން އެންޑް ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ޑިވިޜަންގެ ޑިރެކްޓަރ އަލްފާޟިލާ މަރްޔަމް އަސްނާ ސަޢީދު އެވެ.
ފަހުގެ ޚަބަރުތައް
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސް 2026 ހުޅުވުމުގެ ރަސްމިއްޔާތު
23 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ތިންވަނަ ސެޝަންގެ ތެރެއިން
23 ސެޕްޓެމްބަރ 2026
ވޯކްޝޮޕް އޮން އަޕްސްކިލިންގ އެޑްމިނިސްޓްރޭޓިވް ޕްރޮފެޝަނަލްސްގެ ފުރަތަމަ ސެޝަންގެ ތެރެއިން
23 ސެޕްޓެމްބަރ 2026
ކޮމިޝަނުން މުލަކަތޮޅު ވޭވަށު ކައުންސިލާއިއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
23 ސެޕްޓެމްބަރ 2026
ކޮމިޝަނުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
23 ސެޕްޓެމްބަރ 2026