02 ފެބްރުއަރީ 2020

އިންޑިއާގައި މުވައްޒަފުންނަށް ތަމްރީނު ދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައިވާ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގެ 28 މުވައްޒަފަކު އިންޑިއާއަށް މިއަދު ހެނދުނު ފުރައިފިއެވެ.
މިމަހުގެ 02 އިން 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގް ޕްރޮގްރާމްގައި، އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ބެހޭގޮތުން ވަފުދުގެ ބައިވެރިންނަށް މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވެއެވެ. މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ މި ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ. މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސްޢޫލިއްޔަތު އަދާ ކުރައްވާ މައި މަރުކަޒެވެ. މިއީ އެން.ސީ.ޖީ.ޖީ ގެ މި ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވާ 5 ވަނަ ބެޗެވެ.
މި ވަފުދުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މަދަރުސަތުލް އިފްތިތާހުގެ ޕްރިންސިޕަލް އަލްފާޟިލް ޒިޔާދު ރަޝާދު އެވެ.
ފަހުގެ ޚަބަރުތައް

ތަމްރީނާއި ތަޖުރިބާ ހާޞިލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޓީމެއް އިންޑިއާ އަށް
07 މެއި 2022

އިންޑިއާގައި ބޭއްވޭ ތަމްރީނަށްފުރާ ސިވިލް ސަރވަންޓުންނާ އިންޑިއާ އެމްބެސެޑަރ ބައްދަލުކުރައްވައިފި
28 އޭޕްރީލް 2022
-02.jpeg)
މިނިސްޓްރީ އޮފް ފިނޭންސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޙްމަދު ސިރާޖް
27 އޭޕްރީލް 2022

ރިއަލް ޓައިމްކޮށް ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލޭނެ ނިޒާމެއް ތަޢާރަފްކޮށްފި
18 އޭޕްރީލް 2022

އެޓޯލް ޓްރެއިނަރުންގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތަކަށް ހިންގާ "ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް" މިއަދު އިފްތިތާހްކޮށްދެއްވައިފި
28 މާޗް 2022